Friday, July 29, 2011

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އޮޅުލުން ހިއްޕެވުން

ބާބު 1: އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގުޅަމަތިހިއްޕެވުން

އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގުޅަމަތިހިއްޕެވުމާ ބެހޭގޮތުން ސުނަނު އަބީދާވޫދުގައި މުޙައްމްދުގެ ދަރި ޢަލީގެ ދަރި ރުޚާނާގެކިބައިން ރިވާކުރައްވާފައި ބަސްފުޅަކުން ދޭހަވެއެވެ.

"ހަމަކަށާވަރުން ރުޚާނާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި ގުޅަމަތިހިއްޕެވިއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އޭނާ ބަލިކުރެއްވިއެވެ."

މި ހަދީޘްގެ ފަަހަތުގައި ވާހަކައެއް ވެއެވެ. މިތާގައި އަޅަގަނޑު އެވާހަކަ ބަޔާންކޮށްދޭނަމެވެ. އަހަރެމެންގެ ޝެއިޚް އަބުލް ޙައްޖާޖް އަލް ޙާފިޟް އެކަލޭގެފާނުގެ ފޮތް "ތަހްދީބުލް ކާމިލް" ގައި ބަޔާންކުރައްވާފައި ވެއެވެ.

"ޔަޒީދު އަލް ޤުރައިޝީގެ ދަރި ރުޚާނާއަކީ މައްކާ ފަތަޙަ ކުރެއްވުމުން އިސްލާމްވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ގުޅަމަތިހިއްޕަވާ، އެކަލޭގެފާނު އަތުން ދެތިންފަހަރު ބަލިވެފަވާ މީހެކެވެ. އެއީ އެކަލޭގެފާނު އިސްލާމްވުމުގެ ކުރިންނެވެ. ބުނެވޭގޮތުގައި އެއްވެސް ޝައްކެއްނެތި މިއީ އެކަލޭގެފާނު އިސްލާމްވުމަށް މެދުވެރިވި ސަބަބެވެ. މިއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގުޅަމަތިހިއްޕެވިކަމަށް ހެކިދޭ އެނަމެ ވަރުގަދަ ދަލީލެވެ. ނަމަވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަބޫޖަހުލާއި ގުޅަމަތިހިއްޕެވިކަމަށް ވާރިދުވެފައިވާ ވުމަކަށް އެއްވެސް ދަލީލެއްނެތެވެ."

ބުއްކާރުގެ ދަރި އައްޒުބައިރު އެކަލޭގެފާނުގެ ފޮތް އައްނަސަބުގައި ވިދާޅުވެފައިވެއެވެ. ޔަޒީދުގެ ދަރި ރުޚާނާއަކީ އެކަލޭގެފާނު އިސްލާމްވުމުގެ ކުރިން މައްކާގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ގުޅަމަތިހިއްޕެވި ބޭކަލެވެ. އެކަލޭގެފާނަކީ މީސްތަކުންގެ ތެރެއިން އެންމެ ހަރުކަށި އަދި އެންމެ ވަރުގަދަ ބޭކަލެވެ. އެކާލޭގެފާނު ބުނުއްވިއެވެ. "ކަލޭގެފާނު އަހަރެން ބަލިކޮށްފިނަމަ އަހަރެން ކަލޭގެފާނަށް ޢީމާންވާނަމެވެ." އޭކަލޭގެފާނު ދަޢުވާކުރެއްވިއެވެ. "ކަލޭގެފާނު ތިއީ ޖާދޫގަރެއްކަމަށް އަހަރެން ހެކިވަމެވެ." ނަމަވެސް ފަހުން އެކަލޭގެފާނު އިސްލާމްވިއެވެ.

ބާބު 2: ހަތިޔާރާއިއެކު ނުވަތަ ހަތިޔާރާއިނުލާ އޮޅުލަންހިފުން

ގުޅަމަތިހިިފުމަށް ބަލާއިރު ހުއަދަވެގެންވަނީ ހަތިޔާރަކާއި ނުލާ ގުޅަމަތިހިފުމެވެ. ނަމަވެސް އެއްވެސް ހަތިޔާރެއްވާނަމަ ގިނަ ޢިލްމުވެރިން މިސާލަކަށް އިމާމް މާލިކް، އިމާމް އަޙްމަދު ބިން ހަންބަލް އަދި އިމާމް ޝާފީ އެއްބަސްވެވަޑައިގަނަނަވަނީ އެއީ ހުއްދަކަމެއް ނޫންކަމަށެވެ. ޝާފިމަޛްލަބްގެ ބައެއް ޢިލްމުވެރިން ވިދާޅުވާގުތުގައި ހަތިޔާރުގެ ގޮތުގައި އެއްޗެއް ހިފައިގެން ގުޅަމަތިހިފުން ހުއްދައެވެ. މާލިކީ މަޛްހަބުގެ ރަޢުޔަކީވެސް މިއެވެ.

ގުޅަމަތިހިފާއިރު ވިސްނަމްޖެހޭ މުހިއްމު ކަންތައްތައް

ސަލަަފުން ގުޅަމަތިހިފުން މާނަކުރެއްވިގޮތާއި އަހަރެމެންނަށް މިޒަމާނުގައި އެނގިފައިވާގޮތާއި ދެމެދު ކުޑަ ފަރަގެއް ވެއެވެ. މިކަމާގުޅެގޮތުން ޝެއިޚް އަލް މުތުޢީ ވިދާޅުވެފައިވެއެވެ.
"އަހަރެމެންގެ ކާބަފައިން (މާތްﷲ އެބޭކަލުންނަށް ރަޙުމަތް ލައްވާށި) ގުޅަމަތިހިފުން މާނަކުރައްވާފައިވަނީ ހަށިގަނޑު ވަރުގަދަކުރުމަށެވެ. މީގެތެރޭގައި އިދިކޮޅުމީހާ ތިރިއަރުވާލުމަށް ބޭނުންކުރާ ހެވިކަމުގެ އުކުޅުތައްވެސް ހިމެނެއެވެ. މިޒަމާނުގައި ގުޅަމަތިހިފުމަށް އެތައް ގޮތްތަކެއް ވެއެވެ. މީގެތެރޭގައި ބަނޑުމުސާރައަށް ބެއްދުމާއި، ރޯމުގެ އަދި ޖަޕާނުގެ ވައްތަރުތަކުގެ އިތުރުން އެތައް ބައިވަރު ގޮތްތަކެއް ހިމެނެއެވެ. މިއިން ކޮންމެ ވައްތަރެއްގައިވެސް ހެވިކަމުގެ އުކުޅުތަކާއި، އިދިކުޅުމީހާ ތިރިއަރުވާލުން އަދި އިދިކޮޅަމީހާ ބާރުޖެހުނަ ނުދީ ހިފެހެއްޓުން ހިމެނެއެވެ."
ގުޅަމަތިހިފާމީހުން އެމީހުންގެ އައުރަ (ޖިންސީ ގުނަވަންތައް) ވަރަށް ރަނގަޅަށް ނިވާކުރަންވާނެއެވެ. އަދި އައުރަ ކަސްފުވިޔަދީގެން ނުވާނެއެވެ. ގުޅަމަތިހިފާމީހާ އޭނަގެ ފޫޅާއި ކަކުލާ ދެމެދު ނިވާކުރުމަކީ ގުޅަމަތިހިފުމުގެ ޝަރުތެކެވެ. މިއީ ޝަރީއަތުގައި ކަނޑައެޅިފައިވާ ޙުކުމެކެވެ. އެހެންކަމުން މިޒަމާނުގެ ގުޅަމަތިހިފުންތެރިން އައުރަނިވާނުވާގޮތަށް އެއަޅާ ހެދުންތަކަކީ ހަމަކަށަވަރުން ޝައިޠާނީ ކަމެކެވެ. ހުއަދަކަމެއް ނޫނެވެ.
މުސްލިމުން ގުޅަމަތިހިފާއިރު އެކަންކުރަންވާނީ އިސްލާމީ ޝަރީއަތުން ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައެވެ.
ގުޅަމަތިހިފާ ހިފުމުގައި ހާނީއްކަވުމާ ޖިސްމާނީ އަނިޔާލިބުން އެއީ އާއްމުކަމެއްކަމުގައި ވެގެން ނުވާނެއެވެ. މިކަމާބެހޭގޮތުން އައްލާމާ އައްދަރްދީރް ވިދާޅުވެފާ ވެއެވެ. "މިކަންހުއްދަ ކުރުވަނީ ރަނގަޅު ނިޔަތެކެވެ. އެހެންކަމުން ނިޔަތް ގޯސްވެއްޖެނަމަ އެކަން ބެލެވޭނީ ނުބައި ނުލަފާ އުރެދުމެއް ކަމުގައެވެ. އުރެދުންތެރިން އާއްމުކޮށް ކޮށްއުޅޭފަދަ ކަމެއްކަމުގައެވެ. އެހެންކަމުގަ ވަނީނަމަ ހަމަޔަގީނުންވެސް އެކަން ހުއްދައެއް ނުވާނެއެވެ. ޚާއްޞަކޮށް ކުޅިވަރު ކުޅޭއިރު ސީދާ ބޮނޑިއެއް އެޅުމުގެ ސަބަބުން އާއްމުކޮށް ހާނީއްކަވާނަމައެވެ." ޖިސްމާނީ އަނިޔާތައް ޙަރާމްވުމާއި ގުޅޭ ދަލީލުތައް ގިނަވެފައި ވަރަށް އާންމެވެ. ނިޔަތް ރަނގަޅުކުރުމާ ބެހޭގޮތުންވާ ދަލީލުތަކަށް ބަލާއިރު އަހަރެމެން ބަލާލާނީ މި ހަދީޘްއަށެވެ. ދޭހަވާ މާނައަކީ "ހަތަރުކަމެއް ފިޔަވައި ﷲ ހަނދުމަނުކުރެވޭ ކޮންމެކަމަކީ އުރެދުމެކެވެ. އަދި ބަލައިނުގަނެވޭނެ ކަމެކެވެ. ދެލަނޑުދަނޑިއެއް ދޭތެރޭ ހިނގަމުންދާ މީހާއާއި، އެމީހެއްގެ އަމިއްލަ އަސް ބަލަހައްޓާ މީހާއާއި، އެމީހެއްގެ ޢާއިލާއާއި އެކު ކުޅޭމީހާއާއި ފަތަން ދަސްކުރާމީހާއެވެ." މިހަދީޘްއިން ސާފުކޮށް އެނގޭގޮތުގައި ހުރިހާ ވައްތަރެއްގެ ބޭކާރު ވާހަކަތަކާއި ކުޅިވަރުތަކަށް ވަނީ ތަޢުރީފު ނުކުރައްވާ ދޫކުރައްވާފައެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ހަތަރުކަމެއް ވި ވަޢީދުގެ ބަސްފުޅުން ބަރީޢަކުރައްވާފައެވެ. ކަލޭ މި ހަތަރުކަމާއިމެދު ވިސްނާފިނަމަ ފެންނާނީ މުޅިންވެސް ވާޖިބުތައް އަދާކުރުމަށް އެހީވެދޭ ކަންތައް ތަކެވެ. ކުޅިވަރުގެ ގޮތުގައި މީހުން ކޮށޮއުޅޭ އެހެނިހެން ބޭކާރު ކަންތައްތަކަށް ބަލާއިރު އެކަންތައްތައް އެއްވެސް ވާޖިބެއް ކުރުމަށް އެހީއެއް ނުވެއެވެ. އެއީ ސަމާލުވާންޖެހޭ ނުރައްކާތަކެކެވެ.
މިޒަމާނުގައި އަންހެންވެރިންވެސް ގުޅަމަތިހިފާ އުޅެއެވެ. ހަމަޔަގީނުންވެސް އެމީހުންގެ އައުރަ ނުދައްކާ މިކަމެއް ނުވާނެއެވެ. އެހެންކަމުން މިކަންތައްތައަ ޖެހޭނީ އެމީހުންނަށް މަނާކުރުވާށެވެ. އަދި އަންހެންވެރިން ގުޅަމަތިހިފާތަން ބެލުމަކީވެސް ޙަރާމަކަމެކެވެ.
ބައެއްމީހުން ޖަނަވާރުތަކާ ގުޅަމަތިހިފަންވެސް ހުށަހެޅިގަނެއެވެ. މިސާލަކަށް ގެރިޔާ އޮޅުލުން ހިފުމަކީ ސްޕެއިންގަ އާއްމުވަމުން އަންނަ ކަމެކެވެ. ހަނދާނަކުރަން ޖެހެނީ މީސްތަކުންގެ މެދުގައި ގުޅަމަތިހިފުން ހުއްދަވެފައިވަނީ މާތްﷲގެ މަގުގައި ޖިހާދުކުރުމަށް ތައްޔާރުވުމުގެ ގޮތުންނެވެ. ޖަނަވާރު ބައިވެރިކުރުމަކީ އެސޮރުމެންމަށް އަނިޔާދިނުމާއެކު ބޮޑުވެގެންވާ ޚިލާފުވެގަތުމެއްވެސްމެއެވެ. ޖަނަވާރުތަކަށް އޯގާތެރިވާން ޝަރީއަތުގައި އަންގަވާފައިވާ ވުމާއި އިދިކޮޅުވުމެކެވެ.

Tuesday, May 17, 2011

Anti-retroviral drugs 'help reduce' HIV transmission


An HIV-positive person who takes anti-retroviral drugs after diagnosis, rather than when their health declines, can cut the risk of spreading the virus to uninfected partners by 96%, according to a study.
"This breakthrough is a serious game changer and will drive the prevention revolution forward. It makes HIV treatment a new priority prevention option," said Michel Sidibe, executive director of the Joint United Nations Programme on HIV/Aids (UNAIDS).
But he warned that it would cost more than ten billion dollars to provide drugs to the ten million people worldwide who are currently not receiving medication for HIV.

Monday, April 18, 2011

Install and configure Canon MX347 (Ubuntu, Linux)


  • Download MX 340 printer drivers
  • Extract the ".tar.gz" archives
  • Open your printer box and select "canonmx340.ppd" drivers from the folder extracted
  • Install cnijfilter ( find .deb packages of cnijfilter, double click and install )

How to install Dhivehi fonts for Ubuntu noobs

1. Download Dhivehi font package

2. Go to your home directory and hit ctrl+h to see hidden files

3. If the folder ".fonts" does not exists, create a one

4. Extract the downloaded fonts and copy or cut paste the .ttf fonts to ".fonts" folder.