10. رخوة
ގެ ލުޣަވީ މާނަ އަދި އިސްޠިލާޙީ
މާނަ ލިޔޭ!
ލުޣަވީ
މާނަ:
ލުއިކަން
ނުވަތަ ފަސޭހަކަން
އިސްޠިލާޙީ
މާނަ:
رخوة
ގެ
އަކުރުތައް އަދާކުރުމުގައި މަޚްރަޖުގެ
މައްޗަށް ބުރަވެވޭ މިންވަރު ކުޑަވުމުން
ނުވަތަ ނިކަމެތިވުމުގެ ސަބަބުން އަކުރު
އަދާކުރުމުގައި އަޑު ދެމިގެން ދިއުމެވެ.
11. إستعلاء
إستفال
މިދެސިފަ ދީގެން އަކުރު
އަދާކުރުމުގައިވާ ތަފާތަކީ ކޮބާ؟
إستعلاء
ގެ ސިފަދީގެން
އަކުރު އަދާކުރާއިރު أقصى
اللّسان
މަތީތައްޔާއި ދިމާއަށް
އުފުލޭނެއެވެ.
އަދި
މިއަކުރުތަކުގެ އަޑު ހުންނާނީ މަތީ
ތައްޔާއިދިމާއަށް މައްޗަށެވެ.
އެހެންކަމުން
އަކުރުގެ އަޑުން އަނގައިގެތެރެ ހުންނާނީ
ފުރައިލެވިފައެވެ.
އަދި
އަކުރުގެ އަޑު ބަރުވާނެއެވެ.
ނަމަވެސް
إستفال
ގެ ސިފަދީގެން
އަކުރު އަދާކުރާއިރު أقصى
اللّسان
އޮންނާނީ މަތީތައްޔާއި
ދުރުވެފައެވެ.
އަދި
އަކުރުގެ އަޑު އަނގަތެރެއިން
ހުސްކޮށްލެވޭނެއެވެ.
މިހެންކަމުން
މިއަކުރުތަކުގެ އަޑު ހުންނާނީ ލުއިކޮށެވެ.
12. ނޭވާއާއި
އަޑުގެ ތަފާތަކީ ކޮބާ؟
ނޭވައަކީ
ފުއްޕާމެއިން އުފެދިގެން އަންނަ ވައެވެ.
ނަމަވެސް
އަޑަކީ ވައިގެ ބައިތައް އިންސާނާގެ
ކަންފަތަށް ނަގައިގަނެވޭ ގޮތަށް
ތެޅޭގެޅުމަށް ކިޔާނަމެކެވެ.
13. رخوة
ގެ އަކުރުތަކަށް
މިނަން ދެވުނު ސަބަބަކީ ކޮބައިކަން
ބުނެދީ!
رخوة
ގެ
އަކުރުތަކަށް މިނަންދެވުނީ މިއަކުރުތައް
އަދާކުރުމުގައި ފަސޭހަކަމުންނެވެ.
އަދި
މަޚްރަޖުގެ މައްޗަށް ބުރަވެވޭ މިންވަރު
ކުޑަކަމުގެ ސަބަބުން އަޑު ނިކުތުމުގައި
އެއްވެސް ވަރަކަށް ބަންދުވުމެއް
ނުވާތީއެވެ.
14. إطباق
ކުރުމާއި إستعلاء
ކުރުމުގައިވާ ތަފާތުތަށް
ލިޔޭ!
إستعلاء
ކުރުމަކީ
أقصى
اللّسان
މަތީތައްޔާއި
ދިމާއަށް އުފުލުމެވެ.
މަތީތަލީގައި
ދުލުގެ ފަހަތް ޖެހުން ނުވަތަ ދުލުގެ
ފަހަތާއި މަތީތައްޔާއި ވަރަށްބޮޑަށް
ގާތްވުން ލާޒިމެއް ނުކުރެއެވެ.
ނަމަވެސް
إطباق
ކުރުމުގައި
أقصى
اللّسان
އުފުލި
މަތީތަލީގައި ޖެހުން ނުވަތަ މަތީތައްޔާއި
ވަރަށްބޮޑަށް ގާތްވުން ލާޒިމެވެ.
15. ق
غ خ ص ض ظ ط މިއަކުރުތަކަށް
إستعلاء
ގެ އަކުރުތަކުގެ ނަމުން
ނަންދެވުނު ސަބަބަކީ ކޮބާ!
މިއަކުރުތައް
އަދާކުރާއިރު أقصى
اللّسان
މަތީތައްޔާއި ދިމާއަށް އުފުލޭތީއެވެ.
16. إنفتاح
އާއި إطباق
ގެ ލުޣަވީ މާނަ އަދި އިސްޠިލާޙީ
މާނަ ލިޔޭ!
إنفتاح
ގެ
ލުޣަވީމާނައަކީ ވަކިވުން ނުވަތަ
ދުރުވުމެވެ.
އިސްޠިލާޙީ
މާނައަކީ އަކުރު އަދާކުރުމުގައި ދުލާއި
މަތީ ތައްޔާ ދުރުވުމާއިއެކު އަކުރުގެ
އަޑު ދުލާއި މަތީތައްޔާއިދެމެދު
ހިފެހެއްޓިފައި ނުވުމެވެ.
إطباق
ގެ
ލުޣަވީމާނައަކީ ތަތްވުން، ނުވަތަ
ކައިރިވުން، ގާތްވުން، އެކުވުން ފަދަ
މާނަތަކެވެ.
އިސްޠިލާޙީ
މާނައަކީ، އަކުރު އަދާކުރުމުގައި ދުލުގެ
ބައެއް ނުވަތަ ބޮޑުބައެއް މަތީތަލީގައި
ޖެހުން ނުވަތަ ވަރަށްބޮޑަށް މަތީތައްޔާ
ގާތްވުމާއިއެކު ދުލާއި ތައްޔާދެވެމު
އަޑު ހިފަހެއްޓިފައި ހުރުމެވެ.
17. إستفال
ކުރުމާއި إتفتاح
ކުރުމުގެ ތަފާތުލިޔޭ!
إستفال
ކުރުމަކީ
އަކުރު އަދާކުރުމުގައި ދުލުގެފަހަތް
ނުވަތަ أقصى
اللّسان
މަތީ ތައްޔާ
ދުރުވެ އަނގައިގެ ތެރޭގައިވާ ހުސްތަނަށް
ތިރިކުރުމެވެ.
ނަމަވެސް
إتفتاح
ކުރުމުގައި،
ދޫ މަތީތައްޔާއި ދުރުވެފައި އޮތުމުން
ފުދެއެވެ.
أقصى
اللّسان
މަތީތައްޔާއި
ދިމާއަށް އުފުލިފައި އޮތަސްވެސް إتفتاح
ކުރެވޭނެއެވެ.
18. إذلاق
ގެ ލުޣަވީމާނަ އަދި އިސްޠިލާޙީމާނަ
އަދި ނަންދެވުނު ސަބަބު ލިޔޭ!
ލުޣަވީ
މާނައަކީ ފަސޭހަކަމެވެ.
އިސްޠިލާހީ
މާނައަކީ، ދެތުންފަތުންނާއި ދުލުގެ
ކައިރިފަށުން އަކުރުތައް ފަސޭހަކަމާއިއެކު
ކިއުމެވެ.
إذلاق
ގެ އަކުރުތަކަށް މިނަން
ދެވުނީ، މިއަކުރުތައް އަދާކުރުމުގައި
ފަސޭހަކަމާއި އެކު އަވަސްކޮށް ދުލުގެ
ކައިރިން ނުވަތަ ދެ ތުންފަތުގެ ކައިރިފަށުން
އަކުރު ނިކުންނާތީއެވެ.
19. إصمات
ގެ ލުޣަވީމާނަ އަދި އިސްޠިލާޙީމާނަ
އަދި ނަންދެވުނު ސަބަބު ލިޔޭ!
ލުޣަވީ
މާނައަކީ ކަމަކުން މަނާވެގަތުމެވެ.
އިސްޠިލާޙީ
މާނައަކީ، އަކުރުތައް އެއަކުރުތަކުގެ
މަޚްރަޖުން އުނދަގޫކަމާއިއެކު ކިއުމެވެ.
إصمات
ގެ އަކުރުތަކަށް މިނަން
ދެވުނީ رباعي
ނުވަތަ خماسي
ކަލިމައެއްގެ އަސްލުގައި ހަމައެކަނި
إصمات
ގެ އަކުރުތައް
ހިމެނިގެންވާގޮތަށް ޢަރަބިބަހުގެ
އެއްވެސް ކަލިމައެއް ނުވާތީއެވެ.
20. ز
س ص އަށް ހަމައެކަނި
ޙާއްޞަވާ ލާޒިމް ޞިފަތަކަކީ ކޮބައިކަން
ބުނެދިނުމަށްފަހު އެނަންދެވުނު ސަބަބު
ބުނެދީ!
ز
س ص އަށް
ހަމައެކަނި ޙާއްޞަވާ ލާޒިމް ޞިފައަކީ
صفير
އެވެ.
އަދި
صفير
އަށް މިނަން
ދެވުނީ، މި އަކުރުތައް އަދާކުރުމުގައި
ދޫނި ސޫފާ ސޫފީގެ ގޮވުމުގައި އަޑާއި
ވައްތަރު އަޑެއް އެކުލެވިފައިވާތީއެވެ.
No comments:
Post a Comment