Wednesday, October 29, 2008

ދީނޭ ކިޔައިގެން ހަޅޭނުލާށެވެ

ކޮންމެ ދިމާލަކަށް މޫނު އަނބުރާލިޔަސް އިވެނީ އިސްލާމް ދީނޭ، ނަޞާރާ ދީނޭ ކިޔައިގެން ހަޅޭލާއަޑެވެ. އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި ދީނުގެ ނަމުގާ ބަދުނާމު އަޅުވަމުންދާ އަޑެވެ. ކުރާނީ ކީއްހެއްޔެވެ. މިއަދު މުޖުތަމައުގެ ހާލެވެ. ކޮނަމެ މީހަކުވެސް ދެކެނީ އެމީހަކަށް މި އުޅެވެނީ އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. އާއެކެވެ. ވާނީވެސް އެހެންތާއެވެ. ކަމަކަށް މާބޮޑަށް ފެންބޮވައިގަތީމާ ވާގޮތެވެ.

އަޅުގަނޑަކީވެސް ރާއްޖޭގެ ޚަބަރުތަށް ވަރަށް ގިނައިން ކިޔާއުޅޭ މީހަކީމެވެ. ކުރިން ދުވަހު ނޫސްތަކުގައި ލިޔެފައި ހުރި އެއްޗެހިނަ އަޅުގަނޑަށްވެސް އަނގަމަޑުން ލައިގެން ނީދެވޭ ދަރަޖައަށް ގޮސްފިއެވެ. ހާއްސަކޮށް މިއުޅޭ "މާތް" މަނިކުފާނުގެ ވާހަކައިންނެވެ. އިސްލާމިކް ބައެއް ޔުނިވާސިޓީތަކުން އެތާނގެ އޮނަރަރީ ޕީއެޗްޑީ އެ މާތްމަނިކުފާނަށް ދެއްވާފައި ވާވާހަކައެވެ. އިސްލާމީ ގައުމުތަކުގެ ތެރެއިން ހަމައެކަނި ހުކުރު ނަމާދު އީދު ނަމާދު އިމާމުވެ ކުރާ ބޭފުޅަކަށް ހުންނެވީ ހަމައެކަނި އެ "މާތް" މަނިކުފާނު ކަމަށް ވީމައެވެ. ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ޕްރޮގްރާމް އެންމެ ފުރަތަމަ އަހަރުން ފެށިގެން މިއަދާ ހަމައަށް މެދު ނުކެނޑި ކުރިއަށް ގެންގޮސް ފުރަތަމަ ހަތަރު އަހަރު ކޮންމެ ރެއަކު ދީނީ މައުޟޫއަށް ވާހަކަދެއްކެވި ހަމައެކަނި ބޭފުޅަކީ އެ "މާތް" މިނިކުފާނު ކަމުގައި ވީމައެވެ. އަދި ފީބާ ރޭޑިއޯއިން ދިވެހި ބަހުން ފޮނުވަމުން ގެންދިޔަ ނަޞާރާ ދީނުގެ ޕްރޮގްރާމް ހުއްޓިގެން ދިޔައީ "މާތް" މަނިކުފާނ އިސްވެ ހުންނަވާ ދިވެހި ސަރުކާރުން ކުރި މަސައްކަތުންކަމުގައި ވިދާޅުވީމައެވެ. މި ނިމުނީއަކީއެއް ނޫނެވެ. ގުނާ އަދަދު ނުކުރެވޭހާ ގިނަ ހިދުމަތްތަކެވެ. މިއީ އިސްލާމް ދީންދެކެ ހާދަ ލޯތްބެއްވާ މަނިކުފާނެއް ތާއެވެ. އެހެއްކަމުން މިފަދަ ވަލީވެރިޔަވާ ބެހޭގޮތުން ދެތިން ފޮޅުވަތެއް ނަމަވެސް ލިޔެލުމަކީ ފަޚުރެއްކަމުގައި ދެކޭތީ އެޝަރަފު ލިބޭތޯ އަޅުގަނޑުވެސް އެއްޗެއް ލިޔެވޭތޯ ބަލާނަމެވެ.

އެންމެ ފުރަތަމަ އޮނަރަރީ ޕީއެޗްޑީތޯއެވެ. އަޅުގަނޑުމެންގެ ޒަޢީމަށް މިފަދަ ފަހުރެއް ލިބުމަކީ އަޅުގަނޑުމެން އުފާކުރަން ޖެހޭނެ ކަމެކެވެ. އެ ޕީއެޗްޑީއެއް ދެއްވީ ކޮން ޔުނިވާސިޓީއަކުންކަން ވިދާޅު ނުވިއަސް އަޅުގަނޑުމެންގެ ފަރުވާލެއް ނެތެވެ. އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ނަމުގައި މާތް މަނިކުފާނަށް ތަހުނިޔާއާއި މުބާރަކުބާދީ އަރިސްނުކުރިޔަސް މިހުރީ އުފަލުންނެވެ. އެކަމަކު މަނިކުފާނެވެ. ތި ޕީއެޗްޑީއަކުން "އަނެއް ދުނިޔޭގައި" ކުރާނީ ކޮން ފައިދާއެއް ތޯއެވެ. ބަލަ މަނިކުފާނެވެ. މިއުޒިކު ކުޅެ، ދެޖިންސު އެކުގައި ނަށާ ސޯތަކަށް އަރައި މަމިއީ ދީން ހިމާޔަތްކުރާ މީހެކޭ މަށައްވުރެ ގިނައިން އިސްލާމްދީނަށް ޚިދުމަތް ކުރި މީހަކު ނުހުންނާނެޔޭ ބުންޏަސް ގަބޫލުކުރާނީ ކާކުހެއްޔެވެ. އެހެންވެސް ވާނެއެވެ. މަނިކުފާނު ފާޚާނާތެރޭ ކުރަށްވާ ކަންތައް ރައްޔިތުންގެ މަޖިލީހަށް ގޮސް ދެއްކެވިޔަސް އެއީ ހައިރާން ވާންވީ ކަމެއް ނޫނެވެ. ވަކިވަރަވަށްވުރެ ދުވަސްވީމަ ވާނީ ތިކަހަލަ ގޮތެކެވެ. މިހާރު މަނިކުފާނުގެ ސިކުނޑިވެސް ހުންނާނީ ރިފޯމްވެ ކުޑަކުއްޖެއްގެ ވިސްނުން ލިބިފަކަން މާމޮޅަށް ސައިކޮލޮޖީ ނުކިޔެވިޔަސް ނިކަމެތި އަޅުގަނޑަށްވެސް އެނގެޔެވެ.

މާތް މަނިކުފާނޫއެވެ. މަނިކުފާނު އިސްލާމްދީނަށް ކުރެއްވިޚިދުމަތްތަކޭ ކިޔައިގެން ކަރުން ހަންމެށެންދެން ހަޅޭނުލާށެވެ. ތިއުޅެނީ މިހާރަށްވުރެ ބޮޑަށް އޮރިޔާންވާށެވެ. މަނިކުފާނު އިސްލާމަދީން ދެކެލޯބިން ފީބާ ރޭޑިއޯ ހުއްޓުވާލިކަމުގައި ވަނީނަމަ އެއްކަލަ ކުރިސްޓިއަންދީން ފެތުރި އާދަމްނައީމްގެ އޭއޭމްޑީސީ ނައްތާނުލީ ކީއްވެހެއްޔެވެ. ނުވަތަ އެނުބައި އާދަމްނައީމަށް އަދަބެއް ނުދިނީ ކީއްވެހެއްޔެވެ. ފިރުއައުނު ކައިރީ ހާމާނު ހުންނަހެން އަދިވެސް އެސޮރު އެހެރީ ހަމަ މަނިކުފާނުގެ ގާތް އައުވާނުންގެ ތެރޭގައެއެ ނޫންހެއްޔެވެ. ދެން ތިދައްކަނީ ރަމަޟާންމަހު މަނިކުފާނު މެދުނުކެނޑި ދީނީ ނަސޭހަތްދޭ ވާހަކައެވެ. އަޅެފަހެ ލަދެއްނުގަނޭހެއްޔެވެ. ތިޔަދޭ ނަސޭހަތްތަށް ދިނުމަށްވުރެ ރަނގަޅީ ނުދިނިއްޔާއެވެ. 1425ވަނަ އަހަރު ރަމަޟާންމަހު 25 ވިލޭރޭ ރަމަޟާންމަހުގެ ރޭތައް އިހުޔާކުރަށްވަން ނަސޭހަތްދެމުން ރައްޔިތުންނަށްވެސް އިޙްތިޔާރުކުރާ ދީނެއްގައި ތިބުމުގެ މިނިވަންކަން އޮންނަންޖެހޭނޭކިޔާ ހަޅޭލީހަމަ ތި “މާތް” މަނިކުފާނެއްނޫންހެއްޔެވެ. އެހެންވީމާ އެންދީންތަށް ރާއްޖެއަށް ގެންނަން ފާޅުގާ ގޮވާލީވެސް ހަމަ ތި “މާތް” މަނިކުފާނެއްނޫންހެއްޔެވެ.