Showing posts with label Quran. Show all posts
Showing posts with label Quran. Show all posts

Monday, November 9, 2015

Thajweed Revision

1. ޤަލްޤަލާގެ ޞިފަ ފުރިހަމައަށް ދިނުމުގައި ސަމާލުވާންވީ ކަންތައްތަކަކީ ކޮބާ؟
ޤަލްޤަލާ كبرى އާއި ޤަލްޤަލާ صغرى ގެ އަޑު ތަފާތުކުރުން
ޤަލްޤަލާ ކުރުމުގައި ޤަލްޤަލާގެ އަކުރަކީ ބަރު އަކުރެއްނަމަ އަޑު ބަރުކުރުން އަދި ލުއި އަކުރެއްނަމަ އަޑު ލުއިކުރުން
ޤަލްޤަލާ ކުރުމުގައި ހަމްޒާގެ އަޑު ފަހަތުން އަންނަގޮތަށް ޤަލްޤަލާ ނުކުރުން
ޤަލްޤަލާ أكبر އަދާކުރުމުގައި ހޭދަކުރާ ވަގުތާއި ޤަލްޤަލާ كبرى އަދާކުރުމުގައި ހޭދަވާ ވަގުތަށް ސަމާލުވުން
ދެސުކުން ވިދިވިދިގެން އަންނަ ހާލަތުގައި ޤަލްޤަލާ އަދާކުރު ސަމާލުވުން
ވިދިވިދިގެން ޤަލްޤަލާގެ ދެއަކުރުގައި ސުކުންޖެހިގެން އައުމުން އަދާކުރުމުގައި ވަރަށްބޮޑަށް ސަމާލުވުން
جهر - شدّة ފުރިހަމަވުމަށްފަހު އަވަހަށް އަޑު ނައްޓާލުން
ފުރިހަމައަށް މަޙްރަޖަށް ވާޞިލްވުން
ފިއްޔަކާއި ނުވަތަ ސުކުނަކާއި ވައްތަރުވާނޭފަދައިން ޤަލްޤަލާ ނުކުރުން

2. ض އަށް إستطالة ގެ ޞިފަ ދީފައި ظ އަށް އެޞިފަ ނުދެވުނީ ކީއްވެ؟
ظ ގައި އިޠްބާޤްގެ ޞިފަ އޮތް ކަމުގައިވިޔަސް މަޚްރަޖު ބަންދުވެފައި ނުވުމުގެ ސަބަބުން އަކުރުގެ އަޑު ނިކުމެގެން ދެއެވެ. ނަމަވެސް ض އަދާކުރުމުގައި އަޑު އޮންނާނީ މަޚްރަޖުގައި މުޅިން ބަންދުވެފައެވެ. އެހެންކަމުން ضގެ އަޑު ދެމިގެން ދިއުމައްޓަކައި ކޮންމެހެން إستطالة ކުރަންޖެހެއެވެ.

3. إذلاق އަދި إصمات ބައެއް ޢިލްމުވެރިން ޞިފަތަކުގެ ބާބުގައި ހިމަނުއްވާފައި ނުވަނީ ކީއްވެ؟
މިދެޞިފަ ތަޖުވީދު ޢިލްމާއި ގުޅުންކުޑަކަމުންނެވެ. މިދެޞިފަ ޞިފަތަކުގެ ބާބުގައި ބަޔާން ނުކުރުމުން އަކުރުގެ އަޑަށް ބަދަލުތަކެއް ނާދެއެވެ. އަދި މިދެޞިފައަކީ ޞަރުފުގެ ޢިލްމަށް ޚާއްޞަ ދެޞިފައެވެ.

4. އިޠްބާޤް ކުރުމަށްވުރެ އިސްތިޢުލާ ޚާއްޞަވެ ފުރިހަމަވާނެ ކަމަށް ބުނާބަހުގެ މާނައަކީ ކޮބާ؟
އިސްތިޢުލާ ކުރުމުން އިޠްބާޤެއް ނުވާނެއެވެ. ނަމަވެސް އިޠްބާޤް ކުރުމުން އިސްތިޢުލާ ވާނެއެވެ. އެހެންކަމުން އިޠްބާޤްގެ ކޮންމެ އަކުރަކީ އިސްތިޢުލާގެ އަކުރެކެވެ. ނަމަވެސް އިސްތިޢުލާގެ ކޮންމެ އަކުރަކީ އިޠްބާޤްގެ އަކުރެއް ނޫނެވެ.

Wednesday, October 28, 2015

Qari Course Level 4 - Sample Questions

10. رخوة ގެ ލުޣަވީ މާނަ އަދި އިސްޠިލާޙީ މާނަ ލިޔޭ!
ލުޣަވީ މާނަ: ލުއިކަން ނުވަތަ ފަސޭހަކަން
އިސްޠިލާޙީ މާނަ: رخوة ގެ އަކުރުތައް އަދާކުރުމުގައި މަޚްރަޖުގެ މައްޗަށް ބުރަވެވޭ މިންވަރު ކުޑަވުމުން ނުވަތަ ނިކަމެތިވުމުގެ ސަބަބުން އަކުރު އަދާކުރުމުގައި އަޑު ދެމިގެން ދިއުމެވެ.

11. إستعلاء إستفال މިދެސިފަ ދީގެން އަކުރު އަދާކުރުމުގައިވާ ތަފާތަކީ ކޮބާ؟
إستعلاء ގެ ސިފަދީގެން އަކުރު އަދާކުރާއިރު أقصى اللّسان މަތީތައްޔާއި ދިމާއަށް އުފުލޭނެއެވެ. އަދި މިއަކުރުތަކުގެ އަޑު ހުންނާނީ މަތީ ތައްޔާއިދިމާއަށް މައްޗަށެވެ. އެހެންކަމުން އަކުރުގެ އަޑުން އަނގައިގެތެރެ ހުންނާނީ ފުރައިލެވިފައެވެ. އަދި އަކުރުގެ އަޑު ބަރުވާނެއެވެ. ނަމަވެސް إستفال ގެ ސިފަދީގެން އަކުރު އަދާކުރާއިރު أقصى اللّسان އޮންނާނީ މަތީތައްޔާއި ދުރުވެފައެވެ. އަދި އަކުރުގެ އަޑު އަނގަތެރެއިން ހުސްކޮށްލެވޭނެއެވެ. މިހެންކަމުން މިއަކުރުތަކުގެ އަޑު ހުންނާނީ ލުއިކޮށެވެ.

12. ނޭވާއާއި އަޑުގެ ތަފާތަކީ ކޮބާ؟
ނޭވައަކީ ފުއްޕާމެއިން އުފެދިގެން އަންނަ ވައެވެ. ނަމަވެސް އަޑަކީ ވައިގެ ބައިތައް އިންސާނާގެ ކަންފަތަށް ނަގައިގަނެވޭ ގޮތަށް ތެޅޭގެޅުމަށް ކިޔާނަމެކެވެ.

13. رخوة ގެ އަކުރުތަކަށް މިނަން ދެވުނު ސަބަބަކީ ކޮބައިކަން ބުނެދީ!
رخوة ގެ އަކުރުތަކަށް މިނަންދެވުނީ މިއަކުރުތައް އަދާކުރުމުގައި ފަސޭހަކަމުންނެވެ. އަދި މަޚްރަޖުގެ މައްޗަށް ބުރަވެވޭ މިންވަރު ކުޑަކަމުގެ ސަބަބުން އަޑު ނިކުތުމުގައި އެއްވެސް ވަރަކަށް ބަންދުވުމެއް ނުވާތީއެވެ.

14. إطباق ކުރުމާއި إستعلاء ކުރުމުގައިވާ ތަފާތުތަށް ލިޔޭ!
إستعلاء ކުރުމަކީ أقصى اللّسان މަތީތައްޔާއި ދިމާއަށް އުފުލުމެވެ. މަތީތަލީގައި ދުލުގެ ފަހަތް ޖެހުން ނުވަތަ ދުލުގެ ފަހަތާއި މަތީތައްޔާއި ވަރަށްބޮޑަށް ގާތްވުން ލާޒިމެއް ނުކުރެއެވެ. ނަމަވެސް إطباق ކުރުމުގައި أقصى اللّسان އުފުލި މަތީތަލީގައި ޖެހުން ނުވަތަ މަތީތައްޔާއި ވަރަށްބޮޑަށް ގާތްވުން ލާޒިމެވެ.

15. ق غ خ ص ض ظ ط މިއަކުރުތަކަށް إستعلاء ގެ އަކުރުތަކުގެ ނަމުން ނަންދެވުނު ސަބަބަކީ ކޮބާ!
މިއަކުރުތައް އަދާކުރާއިރު أقصى اللّسان މަތީތައްޔާއި ދިމާއަށް އުފުލޭތީއެވެ.
16. إنفتاح އާއި إطباق ގެ ލުޣަވީ މާނަ އަދި އިސްޠިލާޙީ މާނަ ލިޔޭ!
إنفتاح ގެ ލުޣަވީމާނައަކީ ވަކިވުން ނުވަތަ ދުރުވުމެވެ. އިސްޠިލާޙީ މާނައަކީ އަކުރު އަދާކުރުމުގައި ދުލާއި މަތީ ތައްޔާ ދުރުވުމާއިއެކު އަކުރުގެ އަޑު ދުލާއި މަތީތައްޔާއިދެމެދު ހިފެހެއްޓިފައި ނުވުމެވެ.
إطباق ގެ ލުޣަވީމާނައަކީ ތަތްވުން، ނުވަތަ ކައިރިވުން، ގާތްވުން، އެކުވުން ފަދަ މާނަތަކެވެ. އިސްޠިލާޙީ މާނައަކީ، އަކުރު އަދާކުރުމުގައި ދުލުގެ ބައެއް ނުވަތަ ބޮޑުބައެއް މަތީތަލީގައި ޖެހުން ނުވަތަ ވަރަށްބޮޑަށް މަތީތައްޔާ ގާތްވުމާއިއެކު ދުލާއި ތައްޔާދެވެމު އަޑު ހިފަހެއްޓިފައި ހުރުމެވެ.

17. إستفال ކުރުމާއި إتفتاح ކުރުމުގެ ތަފާތުލިޔޭ!
إستفال ކުރުމަކީ އަކުރު އަދާކުރުމުގައި ދުލުގެފަހަތް ނުވަތަ أقصى اللّسان މަތީ ތައްޔާ ދުރުވެ އަނގައިގެ ތެރޭގައިވާ ހުސްތަނަށް ތިރިކުރުމެވެ. ނަމަވެސް إتفتاح ކުރުމުގައި، ދޫ މަތީތައްޔާއި ދުރުވެފައި އޮތުމުން ފުދެއެވެ. أقصى اللّسان މަތީތައްޔާއި ދިމާއަށް އުފުލިފައި އޮތަސްވެސް إتفتاح ކުރެވޭނެއެވެ.

18. إذلاق ގެ ލުޣަވީމާނަ އަދި އިސްޠިލާޙީމާނަ އަދި ނަންދެވުނު ސަބަބު ލިޔޭ!
ލުޣަވީ މާނައަކީ ފަސޭހަކަމެވެ. އިސްޠިލާހީ މާނައަކީ، ދެތުންފަތުންނާއި ދުލުގެ ކައިރިފަށުން އަކުރުތައް ފަސޭހަކަމާއިއެކު ކިއުމެވެ. إذلاق ގެ އަކުރުތަކަށް މިނަން ދެވުނީ، މިއަކުރުތައް އަދާކުރުމުގައި ފަސޭހަކަމާއި އެކު އަވަސްކޮށް ދުލުގެ ކައިރިން ނުވަތަ ދެ ތުންފަތުގެ ކައިރިފަށުން އަކުރު ނިކުންނާތީއެވެ.

19. إصمات ގެ ލުޣަވީމާނަ އަދި އިސްޠިލާޙީމާނަ އަދި ނަންދެވުނު ސަބަބު ލިޔޭ!
ލުޣަވީ މާނައަކީ ކަމަކުން މަނާވެގަތުމެވެ. އިސްޠިލާޙީ މާނައަކީ، އަކުރުތައް އެއަކުރުތަކުގެ މަޚްރަޖުން އުނދަގޫކަމާއިއެކު ކިއުމެވެ. إصمات ގެ އަކުރުތަކަށް މިނަން ދެވުނީ رباعي ނުވަތަ خماسي ކަލިމައެއްގެ އަސްލުގައި ހަމައެކަނި إصمات ގެ އަކުރުތައް ހިމެނިގެންވާގޮތަށް ޢަރަބިބަހުގެ އެއްވެސް ކަލިމައެއް ނުވާތީއެވެ.


20. ز س ص އަށް ހަމައެކަނި ޙާއްޞަވާ ލާޒިމް ޞިފަތަކަކީ ކޮބައިކަން ބުނެދިނުމަށްފަހު އެނަންދެވުނު ސަބަބު ބުނެދީ!
ز س ص އަށް ހަމައެކަނި ޙާއްޞަވާ ލާޒިމް ޞިފައަކީ صفير އެވެ. އަދި صفير އަށް މިނަން ދެވުނީ، މި އަކުރުތައް އަދާކުރުމުގައި ދޫނި ސޫފާ ސޫފީގެ ގޮވުމުގައި އަޑާއި ވައްތަރު އަޑެއް އެކުލެވިފައިވާތީއެވެ.

Thursday, September 1, 2011

Koran by Heart



Koran By Heart follows two boys from Senegal and Tajikistan, and a little girl from Maldives
Koran by Heart from MuslimCommunityTV on Vimeo.

Thursday, November 18, 2010

Easy way to learn Arabic & understand the Qur'an in the language it is revealed


“Verily we have sent it down as an Arabic Qur’ân in order that you may understand” [Soorah Yusuf: 2]

“And thus We have inspired unto you (O Muhammad) an Arabic Qur’ân that you may warn the mother of the towns (Makkah) and all around it” [Soorah ash-Shura: 7]


“And truly this (the Qur’ân) is a revelation from the Lord of the 'Alamin (mankind, jinns and all that exists), which the trustworthy Ruh (Jibreel) has brought down upon your heart (O Muhammad) that you may be (one) of the warners, in the plain Arabic language” [Soorah ash-Shura: 192-195]


The Madheena Arabic Books

The Arabic Course for English-Speaking Students is a comprehensive and popular course for the teaching of the Qur’anic and Traditional Arabic, originally devised and taught at the renowned Madinah Islamic University, catering for the non-Arabic speaking students from all over the world. Over the years, this course has enabled students to become competent in their use of the Arabic language and to participate and benefit from scholarly pursuits such as Qur’anic exegeses, hadith, fiqh, sirah, history, and classical and modern Arabic literature. It is concise (consisting of only three books, reasonably short) but extensive in their coverage. It combines modern Arabic vocabulary with Islamic terminology used in the Qur’an and Sunnah. It Helps acquire an understanding of hundreds of Qur’anic verses, ahadith, Arabic parables and poetry." Learning classical Arabic effectively could not be more easier than this course of Madinah Islamic University. A tried and tested course over 40 years with proven track record of success, it is ideal in terms of the the topics covered and short time taken to learn. It is suitable for schools and colleges in the UK and other Western English speaking countries.

Tuesday, August 24, 2010

How much the Salaf read Qur'an during Ramadan

It was the practice of the salaf (may Allaah be pleased with them) to strive to complete the Qur’aan in Ramadaan, following the example of the Prophet (peace and blessings of Allaah be upon him).

It was narrated that Ibraaheem al-Nakha’i said: al-Aswad used to complete the Qur’aan in Ramadaan every two nights. Al-Siyar (4/51).

Qataadah used to complete the Qur’aan in seven days, and when Ramadaan came, he would complete it every three days. When the last ten days came, he would complete it every night. Al-Siyar (5/276).

It was narrated from Mujaahid that he used to complete the Qur’aan every night in Ramadaan. Al-Tibyaan by al-Nawawi (p. 74). He said: Its isnaad is saheeh.

It was narrated that Mujaahid said: ‘Ali al-Azdi used to complete the Qur’aan every night in Ramadaan. Tahdheeb al-Kamaal (2/983).

Al-Rabee’ ibn Sulaymaan said: al-Shaafa’i used to complete the Qur’aan sixty times in Ramadaan. Al-Siyar (10/36). [One completion during the day, one completion during the night.]

Al-Qaasim ibn al-Haafiz ibn ‘Asaakir said: My father used to pray in congregation and read Qur’aan regularly. He would complete it every week, and every day in Ramadaan. Al-Siyar (20/562).

http://ahlalhdeeth.com/vbe/showpost.php?p=37346&postcount=5