Monday, November 9, 2015

Thajweed Revision

1. ޤަލްޤަލާގެ ޞިފަ ފުރިހަމައަށް ދިނުމުގައި ސަމާލުވާންވީ ކަންތައްތަކަކީ ކޮބާ؟
ޤަލްޤަލާ كبرى އާއި ޤަލްޤަލާ صغرى ގެ އަޑު ތަފާތުކުރުން
ޤަލްޤަލާ ކުރުމުގައި ޤަލްޤަލާގެ އަކުރަކީ ބަރު އަކުރެއްނަމަ އަޑު ބަރުކުރުން އަދި ލުއި އަކުރެއްނަމަ އަޑު ލުއިކުރުން
ޤަލްޤަލާ ކުރުމުގައި ހަމްޒާގެ އަޑު ފަހަތުން އަންނަގޮތަށް ޤަލްޤަލާ ނުކުރުން
ޤަލްޤަލާ أكبر އަދާކުރުމުގައި ހޭދަކުރާ ވަގުތާއި ޤަލްޤަލާ كبرى އަދާކުރުމުގައި ހޭދަވާ ވަގުތަށް ސަމާލުވުން
ދެސުކުން ވިދިވިދިގެން އަންނަ ހާލަތުގައި ޤަލްޤަލާ އަދާކުރު ސަމާލުވުން
ވިދިވިދިގެން ޤަލްޤަލާގެ ދެއަކުރުގައި ސުކުންޖެހިގެން އައުމުން އަދާކުރުމުގައި ވަރަށްބޮޑަށް ސަމާލުވުން
جهر - شدّة ފުރިހަމަވުމަށްފަހު އަވަހަށް އަޑު ނައްޓާލުން
ފުރިހަމައަށް މަޙްރަޖަށް ވާޞިލްވުން
ފިއްޔަކާއި ނުވަތަ ސުކުނަކާއި ވައްތަރުވާނޭފަދައިން ޤަލްޤަލާ ނުކުރުން

2. ض އަށް إستطالة ގެ ޞިފަ ދީފައި ظ އަށް އެޞިފަ ނުދެވުނީ ކީއްވެ؟
ظ ގައި އިޠްބާޤްގެ ޞިފަ އޮތް ކަމުގައިވިޔަސް މަޚްރަޖު ބަންދުވެފައި ނުވުމުގެ ސަބަބުން އަކުރުގެ އަޑު ނިކުމެގެން ދެއެވެ. ނަމަވެސް ض އަދާކުރުމުގައި އަޑު އޮންނާނީ މަޚްރަޖުގައި މުޅިން ބަންދުވެފައެވެ. އެހެންކަމުން ضގެ އަޑު ދެމިގެން ދިއުމައްޓަކައި ކޮންމެހެން إستطالة ކުރަންޖެހެއެވެ.

3. إذلاق އަދި إصمات ބައެއް ޢިލްމުވެރިން ޞިފަތަކުގެ ބާބުގައި ހިމަނުއްވާފައި ނުވަނީ ކީއްވެ؟
މިދެޞިފަ ތަޖުވީދު ޢިލްމާއި ގުޅުންކުޑަކަމުންނެވެ. މިދެޞިފަ ޞިފަތަކުގެ ބާބުގައި ބަޔާން ނުކުރުމުން އަކުރުގެ އަޑަށް ބަދަލުތަކެއް ނާދެއެވެ. އަދި މިދެޞިފައަކީ ޞަރުފުގެ ޢިލްމަށް ޚާއްޞަ ދެޞިފައެވެ.

4. އިޠްބާޤް ކުރުމަށްވުރެ އިސްތިޢުލާ ޚާއްޞަވެ ފުރިހަމަވާނެ ކަމަށް ބުނާބަހުގެ މާނައަކީ ކޮބާ؟
އިސްތިޢުލާ ކުރުމުން އިޠްބާޤެއް ނުވާނެއެވެ. ނަމަވެސް އިޠްބާޤް ކުރުމުން އިސްތިޢުލާ ވާނެއެވެ. އެހެންކަމުން އިޠްބާޤްގެ ކޮންމެ އަކުރަކީ އިސްތިޢުލާގެ އަކުރެކެވެ. ނަމަވެސް އިސްތިޢުލާގެ ކޮންމެ އަކުރަކީ އިޠްބާޤްގެ އަކުރެއް ނޫނެވެ.